ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 ނަމްބަރު ރުއްގަނޑު ކުއްޔަށް ދޫކުރުން.

މި ކައުންސިލްގެ 3 ނަމްބަރު ރުއްގަނޑު  ކުއްޔަށް ދޫކުރުމަށް  ކުރިން ކޮށްފައިވާ، މި އިދާރާގެ ނަމްބަރު:  (IUL)374-C/374/2019/98 (5 ނޮވެންބަރު 2019) އިޢުލާނާ ގުޅިގެން ތައްޔާރުކުރި މަޢުލޫމާތު ކަރުދާހުގައި މައްސަލަތަކެއް ހުރުމާއެކު، އެ އިޢުލާނު ބާޠިލުކޮށް، 3 ނަމްބަރު ރުއްގަނޑު 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާނުކުރަމެވެ. އެ ރުއްގަނޑަކީ ވެޔޮދޮށުމަގުގެ ހުޅަނގު ފަރާތުން ފެށިގެން ނިލަންދޫ އިންޖީނުގެއާއި ތެޔޮސެންޓަރު ހިމެނޭ ކޮށީގެ އިރުއުތުރު ކަނާ ދެމެދު، ކުރިން މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރި ސަރަޙައްދުގައިހުރި ފޯދުނު 31 ރުއް ރުކާއި ނުފޯދޭ 2 ރުކެވެ.

މި ރުއްގަނޑު ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް 1,000/- (އެއްހާސް) ރުފިޔާއެވެ. އަދި މި ރުއްގަނޑު ކުއްޔަށް ދޫކުރާނީ އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. 

މި ރުއްގަނޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2019 ޑިސެންބަރު 15 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.

ވީމާ، މި ރުއްގަނޑު ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، " ނިލަންދޫ ކައުންސިލްގެ 3 (ތިނެއް) ނަމްބަރު ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވައި 2019 ޑިސެންބަރު 17 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

ރުއްގަނޑު ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ރުއްގަނޑު ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމުމިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

 

11 ރަބީޢުލްއާޚިރު 1441

08 ޑިސެންބަރު  2019

08 ޑިސެންބަރު 2019
ހޯދާ