ދިވެހިރާއްޖެ
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ އޮފީސް އިމާރާތްތަކުގައި ޕާޓިޝަންތަކެއް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދޭން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ކޯޕަރޭޝަންގެ އިދާރާ (ހ. އޯކިޑް 9A އަމީރުއަޙްމަދު މަގު، މާލެ، 20095) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށައެޅުއްވުމާއި ގުޅޭ:
ތަފްސީލް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
12 ޑިސެމްބަރ 2019 |
10:00 |
ބިޑް ހުށަހެޅުން |
18 ޑިސެމްބަރ 2019 |
10:00 |
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (9A، ހ. އޯކިޑް، އަމީރުއަޙްމަދު މަގު، ކ.މާލެ) ގައެވެ.
- އަދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްތަކުގައި 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 9884778 އަށް ގުޅުއްވުން އެދެމެވެ.