ދިވެހިރާއްޖެ
ނަންބަރު: (IUL)GS-29/2019/52
އިޢުލާނު
މަޤާމް: |
ސްޕެޝަލައިޒޭޝަން |
ބޭނުންވާ ޢަދަދު |
މަޤާމުގެ ނަންބަރ |
ޓީޗަރ |
ގުރުއާން |
1 |
J-305082 |
ޓީޗަރ |
އިސްލާމް |
1 |
J-286375 |
ޓީޗަރ |
ސެން |
1 |
J-277458 |
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
ސީ.އެސް 11-2 އިން ސީ.އެސް 15-5 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސްކޫލް ޓީޗަރސް |
|
ސެކްޝަން: |
އެކަޑަމިކް |
|
މަޤާމް އޮތް އޮފީސް: |
ގއ.އަތޮޅު މަދަރުސާ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ގއ.އަތޮޅު މަދަރުސާ |
|
މުސާރަ: |
-/7070 ރުފިޔާއާއި -/10640 ރުފިޔާއާއި ދެމެދު |
|
ސަރވިސް އެލަވަންސް: |
-/2500 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
||
01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 04. އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް: |
||
މުސާރައިގެ އިންސައްތަ |
ސަނަދު |
|
30% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން |
|
25% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8ގެ ސަނަދެއް އޮތުން |
|
20% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6ގެ ސަނަދެއް އޮތުން |
|
15% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5ގެ ސަނަދެއް އޮތުން |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ޤައުމީ މަންޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން. 2. ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން. 3. ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރުތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން 4. ކިޔަވައިދޭ މާއްދާޔާ ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި ، ޔުނިޓް ޓެސްޓް ޕޭޕަރތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާޞިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކްކުރުން. 5. ދަރިވަރުން ޙާޞިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން. 6. ދަރިވަރުން ލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން 7. ކުލާހުގަ އާއި ކުލާހުން ބޭރުގައި ސްކޫލްގެ ޙަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ބެލެހެއްޓުން. 8. ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން. 9. ދަރިވަރުންގެ ކުރިއެރުމާއި ބެހޭގޮތުން ބެލެނިވެރިންނާއި، ސްކޫލް ވެރިންނާއި ތަޢްލީމީ ދާއިރާގެފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ޙިއްޞާ ކުރުން. 10.ކުލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ އެއްބާރުލުން ދިނުން. 11.ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން 12.ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލްވަމުންދާކަމާއި ، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން. 13.ރިލީފް ގަޑިތައް ނެގުން 14.ސްކޫލްގައި ހިންގާ ކްލަބް ޙަރަކާތްތައް ހިންގުން. 15.ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ހާލުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.
16.ސްކޫލްގެ ފަރާތުން އިންތިޒާމްކުރާ ޕްރޮފެޝަނަލް ޑިވޮލަޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން. 17.މުދައްރިސުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުވައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތުގައި ބައިވެރިވުން. 18.ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުން. 19.ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން ހަފްތާޔަކު 35 މިނިޓްގެ 25 އާ 30 އާ ދެމެދުގެ ގަޑި ނުވަތަ 45 މިނިޓްގެ 20 އާ 25 އާ ދެމެދުގެ ގަޑިނެގުން.
|
|
މަޤާމުގެޝަރުތުތައް:
މަޤާމް ނަން |
ކްލެސިފިކޭޝަން |
ސިވިލް ސަރވިސް ރޭންކް |
އަސާސީ ޝަރުތު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސީނިޔަރ ޓީޗަރ
|
ސްކޫލް ޓީޗަރސް
|
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
10,640.00 |
2,500.00 |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
10,320.00 |
2,500.00 |
||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
10,100.00 |
2,500.00 |
||
CS15-2
|
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން - ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން. - ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ |
9,910.00
|
2,500.00
|
||
ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން - ޕްރީސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން |
|||||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
9,850.00 |
2,500.00 |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
9,360.00 |
2,500.00 |
||
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
8,890.00 |
2,500.00 |
||
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން؛ - ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ |
8,440.00 |
2,500.00 |
||
CS11-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުތު ފުރިހަމަވުން. |
8,250.00 |
2,500.00 |
||
CS11-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
7,840.00 |
2,500.00 |
||
CS11-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކުގައިމަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85% އަށްވުރެ މަތިން މާކްސް ލިބިފައިވުން |
7450.00 |
2,500.00 |
||
|
|
CS11-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. - ޕްރީސްކޫލް ޓީޗަރަކަށް ހަމަޖައްސާނަމަ ޕްރީސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން |
7070.00 |
2,500.00 |
ސްފެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ޓީޗަރުން ގޮތުގައި ޓީޗަރަކު ހަމަޖައްސާނީ ތިރީގައިވާ ޝަރުތުޠައް ހަމަވާނަމައެވެ.
- ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) އަށް ޙާއްޞަވެފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ؛ (މި ޝަރުތުން ހަމަޖެއްސޭނީ CS11 އަދި CS13 ގެ މަގާމުތަކަށެވެ.)
- ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޓީޗަރެއްގެ ޝަރުޠު ފުރިހަމަވުމާއެކު، ތިރީގައިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން:
- ސްޕެޝަލް އެޑިޔުކޭޝަންގެ ރޮނގުން ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮންގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން؛ ނުވަތަ
- ސްޕެޝަލް އެޑިއުކޭޝަންގެ ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮނގުން ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލެއްގައި، ސްޕެޝަލް އެޑިޔުކޭޝަން ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުލާހެއްގައި 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކިޔަވައިދީފައިވާކަމުގެ ލިޔުމާއި، އެ މުއްދަތުގައި މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެންބަރ 15 ވާ އާދީއްތަ ދުވަހު ގެ 14:00ގެ ކުރިން، ގއ. އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ޑިސެންބަރު 2019 އާއި 25 ޑިސެމްބަރު 2019 އާ ދެމެދު، އިންޓަވިއު އޮންނާނީ ގއ.އަތޮޅު މަދަރުސާ ގައެވެ. |
ޝޯޓްލިސްޓް ކުރުން |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ރިލީފް މަޤާމަކަށް ނެގުމަށް ހަމަޖެހިފައިވެއެވެ.
މަޤާމުގެ ގިންތި: ވަގުތީ
މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ |
މުސާރަ (މަހަކު) |
ސަރވިސް އެލަވަންސް (މަހަކު) |
ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ |
4500.00ރ |
1500.00ރ |
މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ |
5500.00ރ |
1500.00ރ |
ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ |
6090.00ރ |
2500.00ރ |
އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
ނޯޓް:
- ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
- ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
- ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983072 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ 6820037 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
05 ޑިސެންބަރު 2019