ދިވެހިރާއްޖެ
ހާފިޒް އަޙުމަދު ސްކޫލް
ފުވައްމުލައް
ނަންބަރIUL)GS-74/GS-74/2019/36)
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މުއްދަތު 31 ޑިސެމްބަރ 2019 ގެ ނިޔަލަށް ހަމަވާތީ، 01 ޖަނަވަރީ 2020 އިން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރ IUL)GS-74/GS-74/2019/31) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ސްކޫލްއޮފީހަށް ވަޑައިގެން ނަން ނޯޓްކުރެއްވުން އެދެމެވެ.
08 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުން ފެށިގެން 15 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އާއި ދެމެދު ޙާފިޡް އަހުމަދު ސްކޫލް އޮފީހަށް ވަޑައިގެން ނަން ނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ނަން ނޯޓް ކުރައްވާއިރު ތިރީގައި މިދަންނަވާ މައުލޫމާތު ފުރިހަމަކުރަން ވާނެއެވެ.
- މައުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
- ރަޖިސްޓްރީ ނަންބަރ:
- އީ މެއިލް އެޑްރެސް:
- ގުޅޭނެ މޯބައިލް ނަންބަރ:
މައުލޫމާތު ސާފު ކުރުން |
16 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 10:30 ގައި |
އެސްޓިމޭޓް ހުށަހެޅުން |
18 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 10:30 ގައި |
ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
05 ޑިސެމްބަރ 2019