ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތު
ބީލަން ހުށަހެޅުމުގެ ދަޢުވަތު(ދެވަނަ އިޢުލާން)
- 2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިސުކޫލުގައި ކޮންމެހެން ކުރަން ބޭނުންވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިސުކޫލުގެ ނަންބަރު (GS-107/2019/34) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނަން ނޯޓުކޮށްފައިނުވާތީ، މިމަސައްކަތަށް ޝަރުތުހަމަވާ،އަދި ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 08 އިން 2019 ޑިސެމްބަރ 11 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 15 ވާ އާދިއްތަ ދުވަހުގެ 10:30 ގައި ފޯކައިދޫ ސްކޫލް ގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 18 ވާ ބުދަ ދުވަހުގެ 10:30 ގައި ފޯކައިދޫ ސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯކައިދޫ ސްކޫލް
ށ.ފޯކައިދޫ
ހުކުރުމަގު، ފޯކައިދޫ، ދިވެހިރާއްޖެ.
ފޯން: 6540542
އީ-މެއިލް:[email protected]
ކޮޕީ އީ-މެއިލް: -
08ރަބީޢުލްއާޙިރް1441
05 ޑިސެމްބަރ 2019
05 ޑިސެންބަރު 2019
ހޯދާ