ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރ: IUL)/308/2019/45) (؛25 ނޮވެމްބަރ 2019) އިޢުލާންއަށް ބޭނުންވާ ޢަދަދަށް މީހުން ކުރިމަތިލާފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.
ވަގުތީ އިމާމު/މުދިމު، އަދި މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުމާއިބެހޭ
މިރަށުގެ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މިސްކިތު މަސައްކަތު މީހުން ވަގުތީ ގޮތުން ގެންގުޅެންޖެހޭ ޙާލަތްތަކުގައި (ސަލާމްބުނުން، ޢާއިލީޒިއްމާ ޗުއްޓީއާއި އަހަރީ ޗުއްޓީނެގުމުން) ވޭޖުގެ އުޞޫލުން މަސައްކަތްކުރުމަށް 01 އަހަރުގެ މުއްދަތަށް ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ. މިކަމަށް އެދޭ ފަރާތަކީ އިމާމު ނުވަތަ މުދިމު ކަމުގެ މަސްޢޫލިއްޔަތު (ފަރުޟު 5 ނަމާދު ވަގުތަށް ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން) ފުރިހަމައަށް އަދާކުރެވޭނެ ފަރާތަކަށް ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަސްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށް ވާންޖެހޭނެއެވެ.
ވީމާ، މި ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ ވޭޖް/ ޕޫލް މަޤާމުތަކާއި ބޭނުންވާ ޢަދަދާއި އެމަޤާމުގެ އުޖޫރައާއި ޝަރުޠު އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލެވެ.
މަޤާމް |
ޢަދަދު |
އުޖޫރަ |
ޝަރުޠު |
އިމާމު (GS3) |
05 |
އިމާމު ސަނަދުއޮތްނަމަ -/61 ނަމާދުކުރާ ވަގުތަށް |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މުދިމު ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަލިބިފައިވުން، ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން |
މުދިމު (GS1) |
މުދިމް ސަނަދުނެތްނަމަ -/53 ނަމާދުކުރާ ވަގުތަށް |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސް ވެފައިވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން |
|
މަސައްކަތު (SS1) |
05 |
މަސައްކަތްކުރާ ގަޑިއަކަށް -/45 (ދުވާލަކު 5 ގަޑިއިރު) |
ލިޔަންކިޔަން އެގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.) |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
މި މަޤާމްތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 15 ޑިސެމްބަރ 2019 އާއި 19 ޑިސެމްބަރ 2019 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580026 ނަންބަރު ފޯނާއެވެ. ފެކްސްކުރާނެ ނަންބަރަކީ 6580034 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
05 ޑިސެމްބަރ 2019