ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ފެކަލްޓީ އޮފް ހެލްތް ސައިންސަސް                                         

ހަނދުވަރީހިގުން، މާފަންނު

މާލެ، (20318)، ދިވެހިރާއްޖެ

ފޯނު  (960) 3346500 :   

ފެކްސް: (960) 3316498

އީމެއިލް: [email protected]                         

 

                                                                                                                             ނަމްބަރު: (IUL)FHS/2/2019/20

       

އިޢުލާން

ޕާރޓްޓައިމް ލެކްޗަރަރ އެއް ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ ބެޗްލާރ އޮފް ފިޒިއޮތެރެޕީ ކޯހުގެ ތިރީގައި މިދަންނަވާ މާއްދާ ކިޔަވައިދެއްވުމަށް ޕާރޓްޓައިމް ލެކްޗަރަރއެއް ބޭނުންވެއެވެ.

މާއްދާ:

MED 119: Human Anatomy and Physiology I

ޝަރުތު:

މާއްދާއާ ގުޅޭ ދާއިރާއިން މާސްޓަރސް ނޫނީ އެއާއި އެއްފެންވަރުގެ ކޮލިފިކޭޝަނެއް އޮތުން. ކަނަޑައެޅިފައިވާ ޝަރުތު ހަމަވާފަރާތެއް ނުލިބިއްޖެނަމަ ކިޔަވައިދޭ މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ބެޗެލާރސް ޑިގްރީ ހާސިލްކޮށްފައިވުން. ޔުނިވަރސިޓީއެއްގައި ބެޗެލަރސް ޑިގްރީ ފެންވަރުގެ ގުޅުންހުރި މައްދާތައް ކިޔަވާދެއްވާފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެއިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާ އެކު ހުށައަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާ ބަޔާންކޮށްފައި އޮންނަންވާނެއެވެ.

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ)

އިތުރު މައުލޫމާތު

- ކުލާސްތައް އޮންނާނީ ކަނޑައެޅޭ ވަގުތުތަކުގައި މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

- މިމަޤާމްތަކަށް މީހުން ހޮވުމުގައި ޔުނިވަރސިޓީއެއްގައި މި ދާއިރާގެ މާއްދާތައް ކިޔަވާދެއްވާފައިވާ

  ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ ނަމްބަރު 3346535 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

09 ޑިސެމްބަރު 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިފެކަލްޓީ އަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

     

                         

                         

05 ޑިސެންބަރު 2019
ހޯދާ