ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
• ރަސްމާދޫ ސްކޫލްގެ ބައެއް އިމާރާތްތަކުގެ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް އަދި ރަސްމާދޫ ސްކޫލްގެ އައު އިމާރާތުގެ ބޮޑުދޮރުފަތްތަކުގެ ހުޅާއި ތަޅު ބަދަލުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް، ކުރެވުނު އިޢުލާން ނަމްބަރ IUL)GS-120/GS-120/2019/1002) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
• މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޑިސެމްބަރ 2019 އިން 10 ޑިސެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދުރު 01:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
• މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 ޑިސެމްބަރ 2019 ބުދަ ދުވަހުގެ މެންދުރު 01:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
• މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ރަސްމާދޫ ސްކޫލްގެ ލައިބްރަރީގައެވެ.
• ބިޑް ހުޅުވުން އޮންނާނީ 19 ޑިސެމްބަރ 2019 ވާ ބްރާސްފަތި ދުވަހުގެ 10:45 ގައި ރަސްމާދޫ ސްކޫލްގެ ލައިބްރަރީގައެވެ.
• މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
• ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރަސްމާދޫ ސްކޫލް، ރ.ރަސްމާދޫ
ފޯން: 6580330
އީ-މެއިލް: [email protected]
7 ރަބީޢުލްޢާހިރް 1441