ދިވެހިރާއްޖެ
- ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމާއި ގުޅޭ:
މިސްކޫލްގެ ނަންބަރު: GS-89/IUL/2019/30 ( 25 ނޮވެމްބަރު 2019 ) އިޢުލާނަށް 3 ފަރާތުން އިޖާބަ ދެއްވާފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް، މި ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 2019ޑިސެމްބަރު 16 ވާ ހޯމަ ދުވަހުގެ 10:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019ޑިސެމްބަރު 22 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި ސްކޫލްގެ އޮފީހުގައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޮޅިވަރަންފަރު ސްކޫލް
ހަވީރީ ހިނގުން، ހދ. ނޮޅިވަރަންފަރު، ދިވެހިރާއްޖެ.
ފޯން: 0535 652
އީ-މެއިލް: [email protected]