ދިވެހިރާއްޖެ
- ސްކޫލްގެ އެސެމްބުލީ ޕޯސްޓް ހެދުމާއި ގުޅޭ:
މި ސްކޫލްގެ ނަންބަރު: GS-89/IUL/2019/32 ( 25 ނޮވެމްބަރު 2019 ) ގެ އިޢުލާނަށް 3 ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މި ސްކޫލްގެ އެސެމްބުލީ ޕޯސްޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 2019ޑިސެމްބަރު 15 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019ޑިސެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ސްކޫލްގެ އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޮޅިވަރަންފަރު ސްކޫލް
ހަވީރީ ހިނގުން، ހދ. ނޮޅިވަރަންފަރު، ދިވެހިރާއްޖެ.
ފޯން: 0535 652
އީ-މެއިލް: [email protected]