މުލަކު ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

c

މުލަކު ސްކޫލު                   

މ.މުލައް                                                                                ނަންބަރު:GS166/IUL/2019/023

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެ:

*     ކުލާސްރޫމްތަކުގައި ލާނެ ކުލަ ހޯދައިދިނުން

*     ލައިބުރަރީއަށް ބޭނުންވާ 2 އެއަރކޯން ހޯދައިދިނުން

 

1        2020 ވަނަ އަހަރު ފެށެންވާއިރަށް މިސްކޫލައި ކުރަންހުރި މަރާމާތު މަސައްކަތްތަކުގެ ތެރެއިން މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތްތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2        މިބީލަމާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 12 ވަނަ ދުވަހުގެ 11:00ގައި މިސްކޫލުގައެވެ. ބީލަން ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރި ފަރާތްތަކަށެވެ.

3        މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 15 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4        ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 16 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލުގައެވެ.

5        އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މުލަކު ސްކޫލް

ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.

ފޯން:  7952903  ,  7988183

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: -

 

02 ރަބީޢުލްއާޚިރު 1441

04 ޑިސެމްބަރ 2019

04 ޑިސެންބަރު 2019
ހޯދާ