އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ހިޔާވެހި" އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމާ ގުޅޭ:

`

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ                

      ބޮޑުފޮޅުދޫ، ދިވެހިރާއްޖެ                                                                    

 

ނަންބަރ: (IUL)343-AS/343/2019/114 

 

އިޢުލާން

"ހިޔާވެހި" އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމާ ގުޅޭ:

                    

                                    މިކައުންސިލުން ހަދާ ނިންމާފައިވާ "ހިޔާވަހި އެޕާރޓްމަންޓް" (ޔޫސީ-ބިޒް ފިހާރައިގެ ފުރަތަމަ ފަންގިފިލާ) އަދި އިމާރާތުގެ ގޯތީގެ ގޮތުގައިވާ ހުސްބިމާއި ބިމުގައި އިތުރަށް ހެދިފައިވާ 2ކޮޓަރި (ކުރީގެ ފާމަސީ ހިންގުމަށް ބޭނުންކުރި) 15 އަހަރުދުވަހުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ވަނީ މިކައުންސިލުން ނިންމާފައެވެ.

                        ވީމާ މިކަމަށް ސައުގުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެންބަރ 2019ވާ ބުރާސްފަތި ދުވަހުގެ 13:00ށް މި އިދާރާގައި އޮންނަ މައުލޫމާތު ދިނުމުގެ ސެސަނަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 19 ޑިސެންބަރ 2019ވަނަ ދުވަހުގެ 13:00ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށައަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށައަޅަންވާނެއެވެ. މިލިޔުމުގެ ބޭރުގައި "ހިޔާވަހި އެޕާރޓްމަންޓް ކުއްޔަށް ނެގުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

                         ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

                         04 ޑިސެންބަރ 2019

04 ޑިސެންބަރު 2019
ހޯދާ