ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ކެނދިކުޅުދޫ ސްކޫލުގެ ސްޓާފްރޫމް އަދި އޭވީ ރޫމްގެ ކަރަންޓް ކޭބަލް މަރާމާތު ކޮށްދޭނެ ފަތާތެއް ބޭނުންވެއްޖެއެވެ.

އިޢުލާން

 

2020 ވަނަ އަހަރަށް ކުރަން ބޭނުންވާ މަރާމާތާއި ގުޅޭ


މި ސްކޫލުގެ ސްޓާފްރޫމް އަދި އޭވީ ރޫމްގެ ކަރަންޓް ކޭބަލް މަރާމާތު ކޮށްދޭނެ ފަތާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މައުލޫމާތު ދިނުމުގެ ބައްދަލުވުން

10 ޑިސެމްބަރ 2019 ވާ އަންގާރަ  ދުވަހު 11:00 ( ކެނދިކުޅުދޫ ސްކޫލްގައި )

އެސްޓިމޭޓް ބަލައިގަތުން

15 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހު 11:00  ( ކެނދިކުޅުދޫ  ސްކޫލްގައި )

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތުސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅަންވާނެއެވެ.

މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަމައުލޫމާތަށްޓަކައި ދެންނެވީމެވެ.

މި މަސައްކަތްތަކަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޑިސެންބަރު 2019
ހޯދާ