ދިވެހިރާއްޖެ
ނަންބަރ : GS132/2019/26
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
2020ވަނަ އަހަރުމިސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
މިސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަމްބަރ
( GS132/2019/24 ) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް ބ. ކެންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ކެންދޫ ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
12 ޑިސެމްބަރ 2019 ވާ ( ބުރާސްފަތި ) ދުވަހުގެ 13:00އަށް |
17 ޑިސެމްބަރ 2019ވާ ( އަންގާރަ )ދުވަހުގެ 13:00 އަށް |
އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސެޝަންއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރ 6600315 ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
07 ރަބީޢުލް އާޚިރު 1441
04 ޑިސެމްބަރ 2019