ދިވެހިރާއްޖެ
ނަމްބަރު:24/2019/(IUL) GS118
އިޢުލާނު
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ.
މިސްކޫލް އޮފީހާއި ހޯލް އިމާރާތުގެ ބޮޑުދޮރުތަކާއި ދޮރުފަތްތައް އަދި ކުޑަދޮރުތަކާއި ދޮރުފަތްތައް އެލްމުނިޔަމް ދޮރާއި ދޮރުފަތައް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަސައްކަތް ކުރުމަށްކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނުގެ (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
15 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހު މެންދުރުފަހު 13:00 |
25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު މެންދުރުފަހު 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެފަހުން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް 6560570/6561807 ނަންބަރު ފޯނާއެވެ.