ދިވެހިރާއްޖެ
މިސްކޫލުން 26 ނޮވެމްބަރ 2019 ގައި ކުރެވުނު ނަންބަރ GS61/IUL/2019/28 އިއުލާންއާއި ގުޅިގެން 2 ފަރާތުން މައުލޫމާތު ސާފުކުރެއްވުމަށް ހާޟިރުވެފައިވާތީ، އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، 01 ޖަނަވަރީ 2020 އިން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ދިނުން: 10 ޑިސެމްބަރ 2019 (އަންގާރަ) ގަޑި ހެނދުނު 11:00 ށް މަރަދޫފޭދޫ ސްކޫލަށް
* އަންދާސީ ހިސާބު ހުށަހެޅުން: 19 ޑިސެމްބަރ 2019 ( ބުރާސްފަތި ) ގަޑި ހެނދުނު 11:00 ށް މަރަދޫފޭދޫ ސްކޫލަށް
މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.