އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރިން ރަށުކޯޓް ހިންގި ޢިމާރާތް މަރާމާތުކުރުން

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް،ދިވެހިރާއްޖެ.

                                     ނަންބަރު:353/2019/32

 

އިޢުލާނު

 

ކުރިން ރަށުކޯޓް ހިންގި ޢިމާރާތް މަރާމާތުކުރުން

ކުރިން ރަށުކޯޓް ހިންގި ޢިމާރާތަށް ބައެއް ބަދަލުގެނެސް މަރާމާތުކޮށްގެން 3 ކޮޓަރީގެ އެޕާޓްމަންޓެއް ހަދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަތަކެތީގައި މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 16 ޑިސެމްބަރ 2019 ވާ ހޯމަދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ފުރިހަމަކޮށްފައިވާ ބީލަން ހުށަހަޅާފޯމު ހިފައިގެން ކައުންސިލް އިދާރާއަށް ޙާޟިރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް މަސައްކަތް ކުރަންވާނީ މި މަސައްކަތާބެހޭގޮތުން ކައުންސިލުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށެވެ.

މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމު 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާރާއިން -/200 ރުފިޔާއަށް ގަންނަން ލިބެން ހުންނާނެއެވެ.

7 ރަބީޢުލްއާޚިރު 1441

4 ޑިސެމްބަރ 2019

                                   ޢުޘްމާން ޢީސާ

                                   ކައުންސިލްގެ ރައީސް

04 ޑިސެންބަރު 2019
ހޯދާ