ދިވެހިރާއްޖެ
މަޤާމް: މެނޭޖަރ ގރ-01
ބޭނުންވާ އަދަދު: |
01 |
މަސައްކަތް ކުރަންޖެހޭތަން: |
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / ކ. މާލެ |
އަސާސީ މުސާރަ: |
11500.00ރ |
އެހެނިހެން އިނާޔަތްތައް: |
2000.00ރ – އެޓެންޑެންސް އެލަވަންސް 1800.00ރ – ފުޑް އެލަވަންސް 650.00ރ – ފޯން އެލަވަންސް އަސާސީ މުސާރައިގެ %40 - ޕްރޮފެޝަނަލް އެލަވަންސް އަސާސީ މުސާރައިގެ %50 - މެނޭޖްމަންޓް އެލަވަންސް ޕެންޝަން: ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ. |
މަޤާމުގެ މަސްއޫލިއްޔަތު: |
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގެ ލަނޑުދަޑިތައް ހާސިލްކުރުމަށް ކުރެވިފައިވާ ޕްލޭންތަކާއި އެއްގޮތަށް ޑިޕާރޓްމަންޓް ފަންކްޝަން ކުރޭތޯ ބަލައި ޕޮލިސީ ތަކާއި އެއްގޮތަށް ޕްރޮކިއުމަންޓް ހިންގުން ކުންފުނީގެ ބޭނުމަށް ގެނެވޭ މުދާ ރާއްޖެއިން ބޭރުން އަދި ރާއްޖެއިން ރިކުއަރމަންޓާއި އެއްގޮތަށް ހޯދުން ކުންފުނީގެ ޕްރޮޑަކްޓްތަކާއި ޚިދްމަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ޕްލޭންތައް އެކުލަވާލުން އަދި ތަންފީޒްކުރުން. ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ގުޅުން ބާއްވަންޖެހޭ ހުރިހާ ފަރާތްތަކާއެކު ކައިރި ގުޅުމެއް ބަދަހިކޮށް، ދެމެހެއްޓުން. ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހިންގުން ހަރުދަނާކޮށް، މުވައްޒަފުން ޒިންމާދާރުކުރުވާ، ނަތީޖާ ނެރެވޭފަދަ ޓީމްއެއް ބިނާކުރުން |
ފެންވަރު ނުވަތަ ޝަރުތު:
|
މާސްޓަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭދާއިރާއަކުން ލެވެލް 9 ކޮލިފިކޭޝަން ހާސިލްކޮއްފައިވުމާއެކު، ޕްރޮކިއުމަންޓުގެ ދާއިރާގައި މަދުވެގެން 1 އަހަރު ދުވަހުގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގެ މަގާމެއްގައި އުޅެ ތަޖްރިބާ ހޯދާފައިވުން ނުވަތަ ބެޗްލާރސް ޑިގްރީ އިން ސަަޕްލައި ޗެއިން މެނޭޖްމަންޓް، ލޮޖިސްޓިކް ހާސިލް ކޮއްފައިވުން ނުވަތަ ސީނިއަަރ މެނޭޖްމަންޓް ލެވެލްގައި 03 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ހޯދާފައިވުން. |
ހުނަރުވެރިކަން |
ޕްރޮކިއުމަންޓް ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ؛ އަދި އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވުން. މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން، މީހުންނާއި ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން އެނގުން. މުޢާމަލާތްކުރުމުގެ ހުނަރާއި، ލީޑަރޝިޕް ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ހުނަރު ލިބިފައިވުން. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރާ މީހެއްކަމުގައިވުން އަދިި މަސައްކަތްތައް ރާވައިގެން ހިންގޭފަދަ ޤާބިލިއްޔަތުކަން ހުރުން. ގޮންޖެހުންތަކަށް ކުރިމަތިލުމާއި، ބަދަލުގެނައުމާއި އެދެވޭ ނަތީޖާ ނެރެވުމުގެ ޤާބިލްކަންހުރުން. |
ހުށަހަޅަންޖެހޭ ތަކެތި: |
ޖޮބް އެޕްލިކޭޝަން ފޯމް ( މޯލްޑިވްގޭސް ވެބްސައިޓުންނާއި ހެޑް އޮފީސް ކައުންޓަރ އިން ލިބިވަޑައިގަންނަވާނެ : www.maldivegas.com ) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ލިބިފައިވާ ތަޢްލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ ޕޮލިސް ރިޕޯރޓް ކުރިން ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިކަމުގެ ލިޔުން |
ސުންގަޑި: |
08 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން |
އިތުރު މައުލޫމާތު: |
މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭފަރާތްތަކަށެވެ. ޝަރުތު ހަމަނުވާ ފަރާތްތަކާއި ސައްހަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތަކާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ. |
އެޕްލިކޭޝަން ފޮނުއްވާނީ: |
ހިއުމަން ރިސޯސް ޑިޕާޓްމަންޓް، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް 2 ވަނަަ ފަންގިފިލާ އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ، 21- 02# އޯކިޑްމަގު، މާލެ ފޯން: 3335614 ފެކްސް: 3335615 [email protected] އީމެއިލް: www.maldivegas.comވެބްސައިޓް: |