ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
މެއިންހޯލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މެއިން ހޯލް މަރާމާތުކުރާނެ ފަރާތެއް ބޭނުންވެއްޖެ

މިސްކޫލްގެ މެއިންހޯލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

1         މިސްކޫލްގެ ސްޓޭޖް ހިމެނޭ ކުލާސްތަކުގައި އެލްމިނިއަމް ދޮރުލައި، ބިއްލޫރިޖަހައިގެން ބައްދަންޖެހޭ ތަންތަން ބައްދައި ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

2         މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 8 ން 2019 ޑިސެންބަރު 10 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެންބަރު 11 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4         މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ  2019 ޑިސެންބަރު 12 ވަނަ ދުވަހުގެ 11:00  ގައި މިސްކޫލްގައެވެ.

5         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 16 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

6         ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހަންޏާމީދޫ ސްކޫލް

އދ.ހަންޏާމީދޫ

ފޯން: 6680837

އީ-މެއިލް: [email protected]

 

 

07 ރަބީޢުލްއާޙިރު 1441ހ

04 ޑިސެންބަރު 2019
ހޯދާ