ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމާއި ގުޅޭ

                                                         ނަންބަރު: (IUL)267/267/2019/48

އިޢުލާން

 

ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމާއި ގުޅޭ


     މިކައުންސިލްގެ ނަންބަރު: (IUL)267/267/2019/30 .ޢިއުލާނުން މިރަށުގައި މަސައްކަތްކުރާ ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީވުމަށް އެންގުމުންވެސް އެއްވެސްފަރާތަކުން ބިދޭސީންގެ ދަފުތަރުގައި ރަޖިސްޓްރީވެފައި ނުވާތީ ދަންވަމެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ އެރަށެއްގެ ކައުންސިލްގެ އިދާރާގައި "ބިދޭސިން ރަޖިސްޓްރީކުރާ ދަފްތަރެއް" އޮންނަންވާނެކަމުގައި، ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވައިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

            ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 2019 ޑިސެމްބަރު 19 ގެ ނިޔަލަށް ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުއްވުމަށް ދަންނަވަމެވެ.

           ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ކޮންމެ ބިދޭސީ މުވައްޒަފެއްގެ އަތުގައި އަބަދުވެސް "ވާރކްޕާރމިޓް ކާޑު" އޮންނަންވާނެއެވެ. މަތީގައި ދެންނެވުނު މުއްދަތަށްފަހު، ކަމާބެހޭ ފަރާތްތަކުން ބިދޭސީންނާއި ސުވާލުކޮށް ޗެކްކުރަމުން ގެންދާނެއެވެ. މިގޮތަށް ޗެކްކުރާއިރު ބިދޭސީން ރަޖިސްޓްރީވެފައިވާ ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކާއި ވާރކްޕާރމިޓް ނެތް ފަރާތްތަކުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާނެވާހަކަ ދަންނަވަމެވެ.

           މަތީގައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއިބެހޭ މުވައްޞަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއިމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

       މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.           

                              07 ރަބީޢުލްއާޙިރު  1441

                              04  ޑިސެމްބަރު  2019

04 ޑިސެންބަރު 2019
ހޯދާ