ދިވެހިރާއްޖެ
| މަޤާމް :މަސައްކަތު (ވަގުތީ) | |
|---|---|
| ބޭނުންވާ އަދަދު :1 | |
  | 
                        
އިޢުލާނު
މި ސްކޫލްގެ އިއުލާނު ނަމްބަރ (IUL)GS-120/GS-120/2019/1005 ތާރީހް 27 ނޮވެމްބަރ 2019 ގެ، އިޢުލާނު ސަރުކާރުގެ ގެޒެޓްގައި ސާއިއު ނުކުރެވިވާތީވެ، އެ އިޢުލާން ބާތިލްކޮށް މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
| މަޤާމް: | މަސައްކަތު (ވަގުތީ) | 
| 
 މަޤާމުގެ ނަންބަރު:  | 
- | 
| 
 ބޭނުންވާ އަދަދު:  | 
1 ( އެކެއް ) | 
| 
 މަޤާމުގެ ގިންތި:  | 
ވަގުތީ (18 އެޕްރީލް 2020 ނިޔަލަށް) | 
| 
 މަޤާމުގެ ރޭންކް:  | 
އެސް.އެސް 1 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
ސަޕޯޓް ސްޓާފް ގްރޭޑް 1 | 
| 
 ސެކްޝަން:  | 
އިދާރީ / ރ.ރަސްމާދޫ ސްކޫލް | 
| 
 މަޤާމް އޮތް އޮފީސް:  | 
ރަސްމާދޫ ސްކޫލް / ރ.ރަސްމާދޫ | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
ރަސްމާދޫ ސްކޫލް / ރ.ރަސްމާދޫ | 
| 
 މުސާރަ:  | 
މަހަކު 3100 ރުފިޔާ | 
| 
 ސަރވިސް އެލެވަންސް:  | 
މަހަކު 1000 ރުފިޔާ | 
| 
 އިތުރު ޢިނާޔަތްތައް:  | 
1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ހިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
1. ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން 2. ގޯތިތެރެއާއި މަގުމަތި ސަރަހައްދުން ކުނިނަގައި، ވިނަނޮޅައި، ސާފުކުރުން 3. ސްކޫލުގެ އޮފީހާއި، ސްޓާފް ރޫމާއި، އެކަޑަމިކް ސެކްޝަނާއި، ފާޚާނާއާއި، އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ސާފުކޮށް ބެލެހެއްޓުން 4. ބައްދަލުވުންތަކަށް ހޯލުގައި ތަކެތި އެތުރުން 5. ސުޕަވައިޒަރުންނާއި ޓީޗަރުންނަށް ދަންނަވައި، ސްކޫލުގެ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ކުރުން 6. ސްކޫލުގެ ދަރިވަރުންނާއި، މުވައްޒަފުންނާއި، ސްކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން 7. ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރަށް ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައްކުރުން  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
ލިޔަންކިޔަން އެނގުމާއި އެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ނުވަތަ ޤާބިލްކަން ލިބިފައިވުން. | 
| 
 މަޤާމްގެ ދާއިރާ:  | 
 ފޮޅާ ސާފްކުރުން  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން ފޯމު މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް 26 އިންސައްތަ 2. މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާއަށް 26 އިންސައްތަ 3. ޤާބިލްކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއުއަށް 48 އިންސައްތަ  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޑިސެމްބަރ ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ރަސްމާދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | 
| 
 އިންޓަވިއު  | 
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުން އޮންނަ ތާރީޙެއް، އިޢުލާނަށް މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 5 ދުވަސް ތެރޭގައި އެންގޭނެއެވެ. އިންޓަރވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. އިންޓވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އެމީހަކު އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.  | 
| 
 ޝޯޓް ލިސްޓްކުރުން:  | 
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު ހޯދުން: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580330 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. | 
06 ޖުމާދަލްއާޙިރު 1441
