މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހއ.ކެލާ މަދަރަސަތުލް ޝެއިޚް އިބްރާހީމް ސްކޫލް ހޯލް އަދި 01 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

`

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

     މާލެ،

   ދިވެހިރާއްޖެ.

                                       އިޢުލާން ނަންބަރ: IUL)22-G/22/2019/283) 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • ހއ.ކެލާ މަދަރަސަތުލް ޝެއިޚް  އިބްރާހީމް ސްކޫލް ހޯލް އަދި 01 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-G/22/2019/282) އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތުތަކަށް ބަދަލުގެނެވިފައިވާތީ، އެއިޢުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  • މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޑިސެންބަރު 2019 އިން 12 ޑިސެންބަރު 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ޑިސެންބަރު 2019 ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

 

  • ބިޑް ހުޅުވުން އޮންނާނީ 19 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައެވެ.

 

  • ނޯޓް: މިޕްރޮޖެކްޓްގައި ނަންނޯޓް ކުރުމުގެ އިންތިޒާމް މިމިނިސްޓްރީގެ ރިސެޕްޝަންގައި ހަމަޖެހިފައިވާނެއެވެ.
  • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގެ 8 ވަނަ ފަންގިފިލާ (ރިސެޕްޝަން)
  • ފޯން:  3341136, 3341127
  • އީ-މެއިލް: [email protected]
  • ކޮޕީ އީ-މެއިލް: [email protected]
03 ޑިސެންބަރު 2019
ހޯދާ