ދިވެހިރާއްޖެ
އިޢުލާން
މި ކޯޕަރޭޝަންގެ އިއުލާން ނަންބަރ IUL)-BCC/2019/44) އަށް އެކަށީގެންވާވަރަށް އެޕްލިކޭޝަން ލިބިފައި ނުވާތީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ދަށުން ގާއިމް ކުރެވިފައިވާ ބިޒްނަސް ސެންޓަރ ކުޑަހުވަދޫއަށް ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
- 01 މެނޭޖަރ، ބިޒްނަސް ސެންޓަރ ކުޑަހުވަދޫ
މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އަދި ޓްރާންސްކްރިޕްޓްގެ ފޮޓޯކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) ގެ ކޮޕީ
މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 15 ޑިސެންބަރ 2019 ގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަޤާމުގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އެދި ސިޓީ ހުށަހަޅާނީ:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
ސަކީނާމަންޒިލް 4 ވަނަ ފަންގިފިލާ، މެދުޒިޔާރަތްމަގު، މާލެ
ފޯނު: 3010569 (960)+
އީމެއިލް: [email protected]