ދިވެހިރާއްޖެ
ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހިންގާ ފެނުގެ މަޝްރޫއަށް ޕްރޮކިއުމަންޓް އޮފިސަރ (ޕީ.އޯ) އެއް ހޯދުމާބެހޭ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ޕްރޮކިއުމަންޓް އޮފިސަރ (ޕީ.އޯ)
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 25 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) ޕްރޮޖެކް އިމްޕްލިމެންޓޭޝަން ޔުނިޓަށް ފުލްޓައިމް ޕްރޮކިއުމަންޓް އޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ.
މިގޮތުން މި މަޝްރޫޢުގެ ޕްރޮކިއުމަންޓް އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީ.ސީ.އެފް ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) ޕްރޮޖެކްޓްގެ އެކިއެކި ޕްރޮކިއުމަންޓް މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދުނާމާ އާއި އެއްގޮތްވާގޮތުގެ މަތިން ރާވާ، ހިންގާ އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް:
މިމަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް މި އިޢުލާން އާ އެއްކަރުދާސް ކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" ގައިވާނެއެވެ.
މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ - މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 24،030.00 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.
މަސައްކަތުގެ މުއްދަތު: - މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 12 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ. ހުށަހަޅަށްޖެހޭ ލިޔުންތައް
ނޯޓު: މިލިޔެކިއުމުގެ އިތުރުން ޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓުންނަށް ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯއެށް (އިންޓަރވިއު ޕްރެޒެންޓޭޝަން) ފޮނުވުމަށް އެންގޭނެއެވެ.
ސުންގަޑި އަދި ހުށަހެޅުން ޝައުޤުވެރިވާ ފަރާތްތަކުން 11 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' [email protected] އަށް އީމެއިލް އިން ނުވަތަ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގަ މިނިނިސްޓްރީ ގެ ރިސެޕްޝަން އަށް ހުށަހެޅުއްވުންއެދެމެވެ. ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި މަގާމުގެ ނަން، ތިރީގައިވާ އެޑްރެސް އަދި ދެވިފައިވާ ސުންގަޑި ޖަހާފައި އޮންނަންވާނެއެވެ. މައިލް އުންނަމަ މައިލް ގެ ސަބްޖެކްޓްގައި ހުށަހަޅާފަރާތުގެ ނަމާއި ވަޒީފާ ޖަހާފައި އޮންނަންވާނެއެވެ. (އީމެއިލް ލިބުންކަމުގެ ޖަވާބެއް މިމިނިސްޓަރީއިން އީމެއިލް މެދުވެރިކޮށް ފޮނުވާނެއެވެ.) އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް: ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ މާފަންނު، ހަނދުވަރީ ހިނގުން ފޯނު ނަންބަރު: 3018395، 3018396 އީމެއިލް : [email protected]
އިތުރު މައުލޫމާތު: މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މި އިޢުލާން އާ އެއްކަރުދާސް ކުރެވިފައި ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލ ކުރުމަށް އެދެމެވެ.
|