ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ފުޓްސެލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުން

އިޢުލާން

ފ.މަގޫދޫ ފުޓްސެލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް އަމިއްލަތަކެތީގައި ކުރުން

                              ފ. މަގޫދޫ ފުޓްސެލް ދަނޑުގައި ނުނިމިހުރި މަސައްކަތްތައް އަމިއްލަތަކެތީގައި ކުރުމަށް  ކުރެވުނު މިޢިދާރާގެ ނަންބަރު: IUL) 372-A1/372/2019/47)  އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

                              މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕޮލްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން

ފ. މަގޫދޫ ކައުންސިލް ޢިދާރާގެ މީޓިންގް ރޫމް

މަޢުލޫމާތު ސާފްކުރުން

2019 ނޮވެންބަރު 5 ވަނަ ދުވަހުގެ 13:00 ގައި

އަންދާސީ ހިސާބު ހުށައެޅުން

2019 ޑިސެންބަރު 9 ވަނަ ދުވަހުގެ 13:00 ގައި

ބިޑްފޮތްވިއްކުން

2019 ޑިސެންބަރު 2ވަނަ ދުވަހުން ފެށިގެން ހެނދުނު 9:00 ން 12:00 އަށް މިކައުންސިލުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ކަރުދާހެއްގެ އަގަކީ 100.00ރ އެވެ.

              ވީމާ މިކަމަށްއެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވަ ތާރީޚްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލު ވުމުގައި ބައިވެރި ވެވޭނީ މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ފުރިހަމަ ނުވާނަމަ ބީލަން ބަލައެއް  ނުގަނެވޭނެވެ. ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.            

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

                        05 ރަބީޢުލްއާޚިރު 1441

                        02 ޑިސެންބަރު 2019                               

02 ޑިސެންބަރު 2019
ހޯދާ