ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން، ސ. ހިތަދޫ ކެމްޕަހުގައި "ނެޝަނަލް ސެޓްފިކެޓް 3 އިން ލައިފްގާޑް" ކޯސް ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން، ސ. ހިތަދޫ ކެމްޕަހުގައި "ނެޝަނަލް ސެޓްފިކެޓް 3 އިން ލައިފްގާޑް" ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނު ނަމްބަރު IUL)213-AD/1/2019/73) އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އެ އިއުލާނު ބާޠިލުކޮށް އަލުން އިއުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަސް ތަކުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ އިދާރީ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ޕްރީބިޑް ބައްދަލުވުން
މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މައުލޫމާތުކަރުދާސް 03 ޑިސެމްބަރ 2019ވަނަ ދުވަހުންފެށިގެން މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 30 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ 3305414 އާއި ގުޅުއްވުން އެދެމެވެ.
04 ރަބީޢުލްއާޚިރް 1441
01 ޑިސެމްބަރ 2019