ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން

މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް 26 ނޮވެމްބަރ 2019ގައި މި ސްކޫލުން ކުރި ނަންބަރ:GS91/IUL/2019/25  އިޢުލާނު ގެޒެޓްކުރިއިރު ސުންގަޑިގައި މައްސަލައެއް އުޅޭތީ އެ އިއުލާން ބާތިލްކޮށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

 1 ޖެނުއަރީ 2020 ން 31 ޑިސެމްބަރ 2020 އަށް (1 އަހަރުދުވަހުގެ މުއްދަތައް) މި މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 2019 ޑިސެމްބަރ 5 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ 13:30 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ. މައުލޫމާތު ސާފްކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.

 ވީމާ، ސެކިޔުރިޓީ ބަލަހައްޓަވައިދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.

02 ޑިސެންބަރު 2019
ހޯދާ