ދިވެހިރާއްޖެ
މި ސްކޫލުން ގެއެއް ކުއްޔަށް ހިފުމަށް 26 ނޮވެމްބަރ 2019ގައި ކުރި ނަންބަރ:GS91/IUL/2019/24 އިޢުލާނު ގެޒެޓްކުރިއިރު ސުންގަޑީގައި މައްސަލައެއް އުޅޭތީ އެ އިއުލާން ބާތިލްކޮށް މި ސްކޫލަށް ގެއްކުއްޔައް ހިފުމަށް އަލުން އިއުލާން ކުރަމެވެ. ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތުދިނުން އޮންނާނީ 2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ސްކޫލް އޮފީހުގައެވެ.
ވީމާ ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ 13:00 އަށް ނޭކުރެންދޫ ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.
ވީމާ، މި ސްކޫލަށް ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.