ދިވެހިރާއްޖެ
ނަންބަރު: GS-119/2019/18
އިޢުލާނު
2020 ވަނަ އަހަރު މި ސުކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި ސްކޫލްގެ 2020 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓް ސޯސްކޮށްގެން ހިންގާބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 2 ޑިސެމްބަރ 2019 އިން 5 ޑިސެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 ދެމެދު މި ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 8 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:30 ގައި މި ސުކޫލުގެ އޮފީސް ރޫމްގައެވެ.
މިކަމަށް ހުށަހަޅުއްވާ ބިޑް ހުޅުވުން އޮންނާނީ 11 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މި ސުކޫލް އޮފީސް ރޫމްގައެވެ. އަދި ބިޑް ކެނޑުމުގައާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގެންނެވޭނަމަ ސިޓީ އަކާއެކު ބަދަލުވުމަށް އެހެން ބޭފުޅަކު ފޮނުވި ދާނެއެވެ.
ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިގޮތުން މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮންކުންފުންޏެއްކަން އެގޭނެ ލިޔުމެށް ހުށަހަޅުންވަންވާނެއެވެ. އަދި އަމިއްލަ ފަރާތަކުން ނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.
އިތުރު މަޢުލޫމާތު 6560576 ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ލަންދޫ ސްކޫލް / ނ.ލަންދޫ ފޯން: 6560576 އީ-މެއިލް: [email protected]
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
2 ޑިސެމްބަރ 2019