ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

`

ރަސްގެތީމް ސްކޫލް

ރ.ރަސްގެތީމް                                           ނަމްބަރު: GS121/IUL/2019/27

                                              ތާރީޚު: 02 ޑިސެމްބަރ 2019

އިޢުލާން

ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

 2020 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ،މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

2019 ޑިސެމްބަރ 11 ވާ ބުދަ ދުވަހުގެ 10:00 އަށް

މަޢުލޫމާތު ދިނުން

2019 ޑިސެމްބަރ 15 ވާ އާދީއްތަ ދުވަހުގެ 10:00 އަށް

އަންދާސީ ހިސާބު ހުށަހެޅުން

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މި ސްކޫލްގަ އެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

ސެކިއުރިޓީ ޚިދުމަތް ދިނުމަށް ކުރިމަތިލައްވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

މަސައްކަތުގެ އަގު:   70 ޕޮއިންޓް

ތަޖުރިބާ: 18 ޕޮއިންޓް

ބޭނުންކުރާ މުވައްޒަފުންގެ އަދަދު: 12 ޕޮއިންޓް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580361 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.        

02 ޑިސެމްބަރ 2019

 

 

                                                             އަޒްލީނާ ޤާސިމް

                                                               ޕްރިންސިޕަލް 

02 ޑިސެންބަރު 2019
ހޯދާ