ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހެލްތު ރޫމް ، ކައުންސެލިންގ ރޫމް އަދި ގުދަން ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން
މި ސްކޫލްގައި ހެލްތު ރޫމަކާއި ކައުންސެލިންގ ރޫމެއް އަދި ސްޓޯރ ރޫމެއް ހިމެނޭ ގޮތަށް އަމިއްލަ ތަކެތީގައި ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 02 އިން 2019 ޑިސެމްބަރ 09 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (9 ވަނަ ދުވަހު ނަން ނޯޓުކުރާނީ ހެނދުނު 09:00 އާ ހަމަޔަށެވެ.)
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ އޭ.ވީ ރޫމްގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 17 ވާ އަންގާރަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ އޭ.ވީ ރޫމްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޮޅިވަރަމު ސްކޫލް
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520555
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
02 ޑިސެންބަރު 2019
ހޯދާ