ދިވެހިރާއްޖެ
A.Dh. Atoll School
A.Dh. Maamigili
Rep. of Maldives
Ref. No. GS42 / 2019/ 42
އިޢުލާން
__________________________________________________________________________
މިސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ:
1 އަހަރު ދުވަހުގެ މުއްދަތަށް (2020 ޖެނުއަރީ 1 ން ފެށިގެން 2020 ޑިސެމްބަރ 31) ގެ ނިޔަލަށް މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަމްބަރު
GS-42/2019/39 އިޢުލާންއަށް އެކަށިގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
2019 ޑިސެމްބަރ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި. |
އަންދާސީހިސާބު ހުށަހެޅުން |
2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި. |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680021 ނަންބަރު ފޯނާއެވެ .
6 ރަބިއުލްއާހިރް 1441
1 ޑިސެމްބަރ 2019
އދ. އަތޮޅު މަދަރުސާ ( މާމިގިލި ، ދިވެހިރާއްޖެ ( ފޯނު: 6680021 ފެކްސް: 6680757 އީމެއިލް : Email:[email protected]