މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން އެކުލަވާލެވޭ ޕޫލްގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން

                          ނަންބަރުIUL)321-A/321/2019/145)

             އިޢުލާން

 

މިރަށު މިސްކިތްތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދާއިމީ މުވައްޒަފުން ސަލާމް ނުވަތަ ޗުއްޓީ ނެންގެވުމުން ނުވަތަ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީވުމަށް ސިޓީހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  • ބޭނުންވާ މަޤާމްތައް:  އިމާމް / މުދިމް  (ފިރިހެން)

                   އިމާމް / މުދިމް  (އަންހެން)

                   މަސައްކަތު     (ފިރިހެން)

  • ·       މުއްދަތު:  އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 31 ޑިސެމްބަރ 2020 ށް

 

  • މަސައްކަތްކުރައްވަންޖެހޭ މިސްކިތް: މިރަށުގެ މިސްކިތްތަކުގެ ތެރެއިން މިއިދާރާއިން ކަނޑައަޅާ މިސްކިތެއްގައި

 

މަޤާމްގެ ޝަރުޠާއި މުސާރަ:

#

މަޤާމް

ވަޒީފާގެ ޝަރުޠު

އުޖޫރަ ދެވޭ ގޮތް

1

އިމާމް

މުދިމްކަމުގެ ސަނަދެއް ލިބިފައިވުން ނުވަތަ ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ ދީނީދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު 03 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

61.00 (ފަސްދޮޅަސް އެއް ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

 

2

މުދިމް

ޤުރްއާން ރީއްޗަށް ކިޔަވަންއެގުމާއި، ބަންގި ގޮވުމާއި، ނަމާދުކުރަން އެނގޭ ފަރާތަކަށްވުން

53.00 (ފަންސާސް ތިން ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް

3

މަސައްކަތު

ލިޔަންކިޔަން ދަތުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަކަށް ބަލައިގެންނެވެ.)

45.00 (ސާޅިސް ފަސް ރުފިޔާ) މަސައްކަތްކުރައްވާ ކޮންމެ ގަޑިއިރަކަށް

 

 

 

                    ވީމާ، މިމަޤާމުތަކަށް ކުރިމަތިލައްވާ، ޕޫލްގައި ރަޖިސްޓްރީވެލައްވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 19 ވާ  ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެމަޤާމަށް އެދި އައި.ޑީކާޑުގެ ކޮޕީއާއި ލިބިފައިވާ ސަނަދުތަކުގެ ކޮޕީއާއިއެކު، ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6600006 ށް ގުޅުއްވުން އެދެމެވެ. އީމެލް ކުރައްވާނަމަ، މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] ށެވެ.

                              04 ރަބީޢުލްއާޚިރު 1441

01 ޑިސެންބަރު 2019
ހޯދާ