ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ސަލްޓަންޕާކު އަދި ޓްރެއިނިންގ ހޯލް ކުއްޔަށް ދޫކުރުމާ ބެހޭ

ތަފާތު އެކިއެކި ކަންކަމުގައި ސަލްޓަންޕާކު ކުއްޔަށް ހޯދަން އެދޭ ފަރާތްތައް ގިނަވުމާ ގުޅިގެން އެކަމާއިގުޅޭ އުސޫލެއް ކަނޑައެޅި ސަލްޓަންޕާކު ކުއްޔަށް ދޫކުރަން މިހާރު ފަށާފައިވާކަމުގައި ދަންނަވަމެވެ. ސަލްޓަންޕާކު ދޫކުރުމަށް ކަނޑައެޅިފައިވާ އަގުތައް ތިރީގައި މިވަނީއެވެ.

  • ކުޑަކުދިންގެ އުފަންދުވަހުގެ ޕާޓީތަކަށް ދުވާލަކަށް -/6،000 ރ (ހަހާސް ރުފިޔާ)
  • ކައިވެނި ޕާޓީތަކަށް ދުވާލަކަށް -/10،000ރ (ދިހަ ހާސް ރުފިޔާ)
  • އެހެނިހެން އިވެންޓްތަކަށް ދުވާލަކަށް -/15،000ރ (ފަނަރަ ހާސް ރުފިޔާ)

އަދި މީގެ އިތުރުން ޤައުމީ ދާރުލްއާސާރުގެ ޓްރެއިނިންހޯލް ވެސް ވަނީ މިހާރު ކުއްޔަށް ދޫކުރަން ފަށާފައެވެ. ޓްރެއިންނިންގ ހޯލް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ދުވަސްދުވަހު ރަސްމީ ގަޑިތަކުގައި، ގަޑިޔަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުންނެވެ.

ވީމާ ސަލްޓަންޕާކު އަދި ޤައުމީ ދާރުލްއާސާރުގެ ޓްރެއިނިންގ ހޯލް ކުއްޔަށް ހޯއްދެވުމަށް އެދިވަޑައިގެންނަވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރުއްވުމަށްފަހު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިފޯމު ދޫކުރާނީ ސަރުކާރު ބަންދުނޫން ދުވަސްދުވަހު ހެނދުނު 08:00 އިން 15:00 އާ ދެމެދު ޗާންދަނީމަގުގައި ހުންނަ ޤައުމީ ދާރުލްއާސާރުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323206 ނަންބަރަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

12 ޖުމާދަލްއޫލާ 1435

13 މާރިޗު 2014
ހޯދާ