ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން 01 މަސްދުވަހަށް މީހަކު ހޯދުމަށް

މަޤާމް :  ކުނިގޮނޑު ބެލެހެއްޓުން ( ވޭޖް އެމްޕްލޯއިމަންޓް ) (ބިލެތްދޫ ކުނިގޮނޑު ބެލެހެއްޓުން)

 

ރޭންކް

-

ކުލެސިފިކޭޝަން:

-

ޑިވިޜަން

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލްސަރވިސް

މުސާރަ :

-/5500ރ (މަހަކު)

ސަރވިސް އެލަވަންސް :

-

ބޭނުންވާ ޢަދަދު

01 ( އެކެއް )

ގިންތި

ވަގުތީ

މުއްދަތު

30 ދުވަސް (ރަސްމީ)

ތަޢުލީމާއި ތަޖުރިބާ

 

 

  1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ޤާބިލްކަން ސާބިތުކޮށްދިނުން

02.ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި ރަނގަޅު ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

 މައިގަނޑު މަސައްކަތްތައް

01 . ރަށުގައި މީހުންދިރި އުޅޭ ގޯތި ގެދޮރާއި މިނޫންވެސް މިފަދަ ތަންތާގައި އުފެދޭ ކުނި ބުނި ކުނިގޮނޑަށް ގެންދިއުމުން ކުނީގެ ބާވަތްތައް ވަކިކޮށް އަންދަންޖެހޭ ކުނިބުނީގެ ބާވަތްތައް ކައުންސިލުން އަންގާގޮތެއްގެމަތީން އަންދައި ނައްތާލުން

02 . އިޖުތިމާޢީ ސަރަޙައްދު ތަކުގައި އުފެދޭ ކުނި ބުނިތައް އެކި ބާވަތްތައް ވަކިކޮށް އަންދަންޖެހޭ ކުނިބުނީގެ ބާވަތްތައް ކައުންސިލުން އަންގާގޮތެއްގެމަތީން އަންދައި ނައްތާލުން

03 . އެކިއެކި ބޭނުންތަކަށް ދޫކުރެވޭ އަދި ދޫކުރެވިފައިވާ ބިން ތަކުގައި އުފެދޭ ކުނި ބުނިތައް އެކި ބާވަތްތައް ވަކިކޮށް އަންދަންޖެހޭ ކުނިބުނީގެ ބާވަތްތައް ކައުންސިލުން އަންގާގޮތެއްގެމަތީން އަންދައި ނައްތާލުން

04 . އަލިފާނުގެ ހާދިސާއެއް ނުވަތަ އެނޫންވެސް ޤުދުރަތީ ކާރިސާއެއްކުރިމަތިވުން ނުވަތަ މިނޫންވެސް މިފަދަ ޚާއްޞަ ހާލަތްތަކުގައި އަންދައި ނައްތާލަންޖެހޭ ތަކެތި ކައުންސިލުން އަންގާ ގޮތެއްގެމަތީން ނައްތާލުން

05 . މީގެއިތުރުން ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ރަށުގެ ކުނި އަންދައި ނައްތާލުމާއިގުޅޭ ގޮތުން ކައުންސިލުން އަންގާ ރަސްމީ ކަންކަންކުރުން

އެޕްލިކޭޝަން ފޮނުވަންވީ

ތާރީޚް:

2019 ޑިސެމްބަރ 10 ވަނަ  ދުވަހުގެ މެންދުރު 12.00 ގެ ކުރިން ފ. ބިލެތްދޫ ކައުންސިލްގެ އިދާރާއަށް

 

ހުށަހަޅަންޖެހޭ ލިއުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ފޯމް މި އިދާރާގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ލިބެން ހުންނާނެއެވެ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  4. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، ފ. ބިލެއްދޫ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން.
  7. ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

އެހެނިހެން ކަންތައްތައް

މި ކަމަށްއެދި ހުށަހަޅާ ފަރާތަކީ ޢުމުރުން 18 އަހަރުންމަތީގެ މީހަކަށް ވާންވާނެއެވެ.

ވަޒީފާއަށް އެންމެޤާބިލް ފަރާތެއްހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ވަޒީފާގެ ޝަރުޠު
  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރު

އިންޓަވިއު ކުރުން

މި މަސައްކަތަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނޭ ތަނަކާއި ، ތާރީޚް އިޢުލާނުގެ މުއްދަތު ހަމަވާތާ  03 ދުވަހުގެ ތެރޭގައި ކުރިމަތިލާ ފަރާރްތަކަށް އެންގޭނެއެވެ. އެހެންކަމުން  އެތާރީޚަށް އިންޓަވިއު އަށް ތައްޔާރުވެ ރަށުގައި ޙާޟިރުވެތިއްބެވުން އެދެމެވެ.

 

ނޯޓު:   ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނޭ ވާހަކަ ދެންނެވީމެވެ.

     

 

 މިއިޢުލާނާއިގުޅިގެން އިތުރު މަޢުލޫމާތުސާފުކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ: 6740013 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ  6740595 އެވެ. އީމެއިލް  އެޑްރެހަކީ[email protected]  އެވެ.

01 ޑިސެންބަރު 2019
ހޯދާ