ދިވެހިރާއްޖެ
ނަންބަރު:IUL)321/321/2019/146)
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ
މިއިދާރާއާއި، މިއިދާރާގެ ވަށައިގެންވާގޯތީގެ ސެކިއުރިޓީ 2020 ޖަނަވަރީ 01 ން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
# |
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
1 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
09 ޑިސެމްބަރ 2019 (ހޯމަ) |
10:00 |
ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް |
2 |
އަންދާސީ ހިސާބު ހުށަހެޅުން |
17 ޑިސެމްބަރ 2019 (އަންގާރަ) |
10:00 |
ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް |
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ދުރުވާ ބޭފުޅުންނަށް ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
03 ރަބީޢުލްއާޚިރު 1441