މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޚާނާ ސެޓްތައް މަރާމާތުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގެ އިއުލާން ނަންބަރު GS69/BUDGET/2019/008   ގައި ތާރީހް ޖެހިފައިވަނީ ނުބައިކޮށް ކަމަށްވާތީ އެ ޢިއުލާން ބާތިލްކޮށް ،އަލުން އިއުލާން ކުރަމެވެ.

1- މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ދަރިވަރުންގެ ފާޚާނާ ސެޓްތައް މަރާމާތު ކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019ޑިސެމްބަރ  01 ން 2019 ޑިސެމްބަރ 05 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގައި ބައިވެރި ނުވެވޭނެވާހަކަ ދެންނެވީމެވެ.

4- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީ ހުށަހަޅާފަރާާތުގެ ސިޓީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

5- މިޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2019ޑިސެމްބަރ 08 ވަނަ ދުވަހުގެ 13:30 ގައި  މިސްކޫލްގެ މީޓިން ރޫމް  ގައެވެ.

6- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019ޑިސެމްބަރ 12 ވަނަ ދުވަހުގެ 13:30 ގައި މިސްކޫލްގެ މީޓިން ރޫމް  ގައެވެ.

7- މިކަމާއި ގުޅޭ ބީލަންފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މިލަންދޫ ސްކޫލު

 ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ

 ފޯން : 7747677

މެއިލް އެޑްރެސް: [email protected]

 

01 ޑިސެންބަރު 2019
ހޯދާ