ދިވެހިރާއްޖެ
މި ސްކޫލްގެ ޢިމާރާތްތަކުގެ އެތެރޭ ފާރުތަކާއި ބޭރު ފާރުތަކުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުމަށ ދެވަނަ ފަހަރަށް 25 ނޮވެމްބަރ 2019 (GS142/2019/25) ގައި އިޢުލާންކޮށްގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ޚާޟިރުވެފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
މި ސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލުގެ ޢިމާރާތްތަކުގެ އެތެރޭ ފާރުތަކާއި ބޭރު ފާރުތަކުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 12:30 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 12:30 އަށް ބިޑް ހުށަހެޅުން އެދެމެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.