ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯޅަ މުބާރާތަށް މީހުން ތަމުރީނުކުރުން

ނެޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް ގެ ފަރާތުން އިންތިޒާމްކޮށްގެން 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޒޯން އިންޓަރ ސްކޫލް މުބާރާތަށް މީހުން ތަމުރީނު ކުރުމަށްޓަކައި 2019 ޑިސެންބަރު 14 ން 2020 ޖަނަވަރީ 10  ގެ ނިޔަލަށް ނެޓްބޯޅަ އަމްޕަޔަރިންގ އަދި ކޯޗިންގ ބޭސިކް ކޯސްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެ އެސޯސިއޭޝަނުން ވަނީ އަންގަވާފައެވެ. މިކޯސްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރު ޚަރަދާއި ހުރުމުގެ ޚަރަދު ހަމަޖައްސަން ޖެހޭނީ ބައިވެރިން އަމިއްލައަށެވެ.  މިކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލް ތިރީގައި އެވަނީއެވެ.

2019 ޑިސެންބަރު 14 ން 17 އަށް    ޏ. ފުވައްމުލަކު

2019 ޑިސެންބަރު 20 ން 24 އަށް    ލ. ފޮނަދޫ

2019 ޑިސެންބަރު 27 ން 30 އަށް    ހދ. ކުޅުދުއްފޮށި

2020 ޖެނަވަރީ  02 ން 05 އަށް     ނ. ހޮޅުދޫ

2020 ޖެނަވަރީ 07 ން 10 އަށް      އއ. މަހިބަދޫ 

ވީމާ، މިކޯހުގައި ބައިވެރިވަން ބޭނުންވާ ފަރާތްތަކުން 2019 ޑިސެންބަރު 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ނަމާއި ގުޅޭނެ ފޯނު ނަންބަރު މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. 

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

 

01 ރަބީއާޚިރު 1441

28 ނޮވެންބަރު 2019

28 ނޮވެންބަރު 2019
ހޯދާ