ދިވެހިރާއްޖެ
މަޤާމް: އެސިސްޓެންޓް އޮފިސަރ
ޑިޕާޓްމަންޓް: އެޑްމިނިސްޓްރޭޝަން
ތަޢުލީމާ ތަޖުރިބާ:
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ މަދުވެގެން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން
- މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ހޮސްޕިޓަލަށް ލިބޭ ލިޔުންތައް އެންޓްރީކޮށް ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކަށް ރައްދުކޮށްދިނުން
2- ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހޮސްޕިޓަލަށް ފޮނުވާ ސިޓީތަކުގެ ތެރެއިން އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓާއި ގުޅުންހުރި ސިޓީތަކަށް ވެރިންގެ ލަފާގެމަތިން ޖަވާބު ދިނުން
3- އެޑްމިނިސްޓްރޭޝަން ސެކްޝަނުން ސަރުކާރުގެ އެކިއެކި އިދާރާތަކަށާއި އަމިއްލަ ފާރްތަކަށް ފޮނުވަންޖެހޭ ސިޓީ ފަދަ ތަކެތި ތައްޔާރުކޮށް ފޮނުވާ، އެތަކެތި ފައިލްކޮށް ބެލެހެއްޓުން
4- ލިބޭ މެއިލްތައް ޤަވާޢިދުން ޗެކްކޮށް ވެރިންގެ ލަފާގެމަތިން ޖަވާބުދާރީވުމާއި އެހެނިހެން ޑިޕާޓްމަންޓްތަކާއި ގުޅުންހުރި މެއިލްތައް އެޑިޕާޓްމަންޓްތަކަށް ފޯވަރޑްކުރުން
5- އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ ދަށުން ހިނގާ ސެކްޝަންތަކުގެ މަސައްކަތްތައް ރާވާ، ބޭނުންވާ އެހީތެރިކަން ދިނުން
6- އޮފީހުގެ ފަރާތުން ބާއްވާ، އެކިއެކި ޖަލްސާތަކާއި ޙަފްލާތައް އިންތިޒާމްކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
7- އޮފީހުގެ އެކިއެކި ބޭނުންތަކުގައި ވަޑައިގަންނަވާ ބޭފުޅުންނާއި އިސް މުވައްޒަފުންގެ ޓްރާންސްޕޯޓް ހަމަޖެއްސުން
8- މީޓިންގ ތަކުގެ ޔައުމިއްޔާ ތައްޔާރުކުރުމާއި ފައިލްކޮށް ބެލެހެއްޓުން
9- ހޮސްޕިޓަލްގެ އެކަމަޑޭޝަންގައި ދިރިއުޅޭ މުވައްޒަފުންނަށް އެ ފްލެޓްތަކުގެ ބިލްތައް ޙަވާލުކޮށް ފައިސާ ދައްކާތޯ ބަލާ ޗެކްކުރުން
10- އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ފޮނުވަންޖެހޭ މެމޯތައް ތައްޔާރުކޮށް ފޮނުވުން
11- އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ ޕެޓީކޭޝް ފައިސާ ބެލެހެއްޓުން
މުސާރައާއި އިނާޔަތް :
މުސާރަ: 4000.00 ރުފިޔާ
ސަރވިސް އެލަވަންސް: 1500.00 ރުފިޔާ
ރިސްކް އެލަވަންސް: 75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)
އެޓެންޑެންސް އެލަވަންސް: 60.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)
ކުރިމަތިލުމުގެ ސުންގަޑި: 09 ޑިސެމްބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕޮލިސް ރިޕޯޓް
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ ,33501183350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.