ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ސްކޫލު ހޯލުގެ ސްޓޭޖް ފަރުދާ ބަދަލުކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލުގެ ހޯލުގެ ސްޓޭޖް ފަރުދާ ބަދަލުކުރުމަށް ކުރި އިޢުލާން ނަންބަރު GS72/IUL/2019/46 އާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅުއްވާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

މިސްކޫލުހޯލުގެ ސްޓޭޖްގެ ފަރުދާ ސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް ބަދަލުކޮށްދޭނެފަރާތެއް ބޭނުންވެއެވެ.

 ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019ޑިސެންބަރ 1 ން 5 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ޢަފީފުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2019 ޑިސެންބަރ 8 ވާއާދީއްތަދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

  މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019ޑިސެންބަރ 9  ވާ ހޯމަ ދުވަހުގެ  13:00 ގައި މިސްކޫލުގެ ލައިބްރަރީގައެވެ.

  • ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރ 11 ވާ ބުދަ ދުވަހުގެ 13:00 ގައި ޢަފީފުއްދީން ސްކޫލް ލައިބްރަރީގައެވެ.
  •  ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް

  ފޯން: 6528046 ، 6528041

އީމެއިލް: [email protected] 

 

28 ނޮވެންބަރު 2019
ހޯދާ