މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ 08 ވަނަ ފަންގިފިލާގެ އިންޓީރިއަރ ޑިޒައިންގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 މިނިސްޓްރީ އޮފް ހެލްތުގެ 08 ވަނަ ފަންގިފިލާގެ އިންޓީރިއަރ ޑިޒައިންގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.  

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 01 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ސޮފްޓްކޮޕީ ފޯމެޓްގައި ރެޖިސްޓަރ ވުމަށްފަހު މިިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި 02 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނުު 10:30 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހު ހެނދުނުު 10:30 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

28 ނޮވެންބަރު 2019
ހޯދާ