ދިވެހިރާއްޖެ
ހއ.ބާރަށު ކައުންސިލް އިދާރާގައި މިހާރު ބޭނުންކުރަމުންދާ 06 އެއާރކޯން ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ |
01 ޑިސެމްބަރު 2019 (އާދީއްތަ) ދުވަހުގެ 13:00 އަށް. |
އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ |
03 ޑިސެމްބަރު 2019 (އަންގާރަ) ދުވަހުގެ 13:00 އަށް. |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.
އަދި މިއިދާރާއިން ނެރުނު ނަމްބަރު (IUL)257/257/2019/50 (17 ނޮވެމްބަރު 2019) އިޢުލާންއާއި ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާންވަނީ ބާޠިލްކުރެވިފައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.
28 ރަބީޢުލްއައްވަލް 1441
25 ނޮވެމްބަރު 2019
އާސިފް އަބްދުﷲ
ކައުންސިލްގެ ރައީސް