މާޅެންދޫ މަދަރުސާ
ދިވެހިރާއްޖެ
ލީޑިން ޓީޗަރުން ހޯދުމަށް

GS114/2019/25-IUL.ނަންބަރު:

 

ލީޑިންގ ޓީޗަރުންގެ ޒިންމާ ޙަވާލުކުރުމަށް ކުރެވޭ އިޢުލާނު

 

ހަވާލުކުރެވޭ ޒިންމާ:

ލީޑިންގ ޓީޗަރ

ބޭނުންވާ އަދަދު:

02

ގިންތި:

ވަގުތީ

ހަވާލުކުރެވޭ މުއްދަތު:

4 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅެންދޫ  ސްކޫލު ، ނ.މާޅެންދޫ

އެޑަޑް ރެސްޕޮންސިބިލިޓީ އެލަވަންސްދެވޭނެ މިންވަރު:

 

ޓެނުއަރޝިޕް އެލަވަންސް -/1000 (އެއްހާސް ރުފިޔާ)

 

މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޕްރިންސިޕަލްނެތް ހާލަތެއްގައި ، ޕްރިންސިޕަލްގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ޙަވާލުކުރެވިއްޖެ ނަމަ އެމަސައްކަތެއް ކުރުން.
  • ޙަވާލުކުރެވޭ ސެޝަންގެ ކިޔަވައިދިނުމުގެ ކަންތައްތައް ހިންގާގޮތް ބެލެހެއްޓުން .
  • ޙަވާލުކުރެވިފައިވާ މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކޮށް ، މުވައްޒަފުންނާއި މަސައްކަތް ޙަވާލުކުރުން.
  • ސްކޫލްގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާހައުލެއްކަން ކަށަވަރުކުރުން.
  • ޓީޗަރުން ނެތިގެން ޙަވާލުކުރެވޭ ރިލީފް ގަޑިތައް ނެގުން.
  • ލައިފް ސްކިލް ޕްރޮގްރާމްތައް ހިންގުން
  • ސްކޫލްގައި ހިންގޭ ކްލަބުތައް ހިންގުން.
  • ސްކޫލްގެ ފަރާތުން އިންތިޒާމްކުރާ ޕްރޮފިޝަނަލް ޑިވޮލޮޕްމެންޓް ޙަރަކާތްތަކުގައި ބައިވެރިވުން.
  • ދަސްވާރު ، ބީޓެކް، ޓެން ޕްލަސް އަދި ސަބްޖެކްޓް ޑިޕާޓްމަންޓްތައް ހިންގުން.
  • ކޮމިޓީތަކުގައި ބައިވެރިވުން އަދި ޕީ.ޓީ.އޭ ގެ ކޯޑިނޭޓަރުކަން ކުރުން.
  • ޔުނީފޯމް ޙަރަކާތްތައް ހިންގުން.
  • ސެން ޕްރޮގްރާމް ހިންގުން
  • ޕްރީސްކޫލް ހިންގުން
  • ޕްރިންސިޕަލް އަންގަވާ ގޮތެއްގެ މަތިން ހެނދުނު ނާސްތާގެ މަސައްކަތްތައް ބެލެހެއްޓުން.
  • ޙަވާލުކުރެވިފައިވާ މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލްގެ ކަންކަން ބެލެހެއްޓުން.
  • ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ސްޕަވިޝަންގެ ކަންތައް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ޕްރިންސިޕަލްއަށް އެހީތެރިވުން.
  • ޓީޗަރުން ކިޔަވައި ދިނުމުގައިހުރި އުނި ކަންތައްތަކާއި ރަގަޅު ކަންތައްތައް ފާހަގަ ކުރުމަށް މަދުވެގެން ދުވާލަކު އެއް ލެސަން އޮބްޒަރވްކުރުން. އަދި އޮބްޒަރވް ކުރުމަށް ފަހު ރަގަޅު ކަންތައްތަކަށް ތަޢުރީފްކޮށް ހިތްވަރުދީ އުނި ކަންތައްތައް އިސްލާޙްކުރާނެ ގޮތުގެ އިރުޝާދުދީ މަޝްވަރާކުރުން.
  • ކިޔަވައިދޭ އެއްޗެތި ކުދިންނަށް އެނގޭ މިންވަރު ވަޒަންކުރުމަށް ޓީޗަރުން ގެންގުޅުއްވާ އުޞޫލްތައް  (އެސެސްމަންޓް ޓެކްނިކްސް) ޗެކްކުރުން.
  • ކިޔަވައިދިނުން އިސްލާޙްކުރުމަށް ރޭވޭ ތަފާތު ޕްރޮގްރާމްތައް (ރެމީޑިއަލް، ނުވަތަ އެންރިޗްމަންޓް ނުވަތަ ބެލެނިވެރިންންނަށް މައުލޫމާތުދިނުން ފަދަ) ހިގާނުހިގާގޮތް ބަލައި އެކަން ފްލޯއަޕް ކުރުން
  • ލެސަން އޮބްޒަވޭޝަން ކުރިއަށް ގެންދިއުމަށް ޕްރީ އަދި ޕޯސްޓް މީޓިންގ ބޭއްވުން.
  • ލެސަން އޮބްޒާވް ކުރުމަށްފަހު ޓީޗަރުންގެ ފަރާތުން ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމަށް ޓީޗަރުންނަށް އެހީވުން.
  • ރަނގަޅުކުރުމަށް އަންގާ ކަންތައްތައް ޓީޗަރުން ރަނގަޅުކުރޭތޯ ބެލުން.
  • ސްޕަވިޝަން ޕްރޮގްރާމްގައި ހުރި ރަނގަޅުކުރަންޖެހޭ ކަންތައް ރަނގަޅުކުރުމަށް ޕްރިންސިޕަލްއަށް އެހީވެދިނުން.
  • ކޯޑިނޭޝަން ބައްދަލުވުން / ޑިޕާރޓްމަންޓް ބައްދަލުވުން / ސެޝަން ބައްދަލުވުން ބޭއްވުން.
  • ޓީޗަރުންގެ ފެންވަރު މަތިކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުން. މީގެ ތެރޭގައި ތައުލީމީ ހޯދުން ތަކުގެ މަޢުލޫމާތު ލިބުނު މިންވަރަކުން ޓީޗަރުންނަށް ފޯރުކޮށްދިނުމާއި ޚިޔާލު ބަދަލުކުރުމަށް ސެމިނަރ ބާއްވައި ހުނަރުވެރިކަން އިތުރުކުރުމަށް ވާރކްޝްޕް ބޭއްވުން ފަދަ ކަންކަން ހިމެނެއެވެ.
  • ކިޔަވާދިނުމާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ޕްރިންސިޕަލްއަށް އެހީވުން.
  • ކިޔަވާދިނުމާއި ސްކޫލްގައި ހިންގާ ޙަރަކާތްތަކާއި ބެހޭ މަޢްލޫމާތު ޓީޗަރުންނަށް ދިނުމުގައި ޕްރިންސިޕަލްއަށް އެހީތެރިވުން.
  • ކިޔަވާދިނުމުގައި ވަކިވަކި ޓީޗަރުންގެ ފަރާތުން ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާ ކަންތައްތައް ޙައްލުކުރުމަށް ބައްދަލުވުންތައް އިންތިޒާމުކުރުން.
  • ދަރިވަރުންގެ ތަމްރީން ހަދާ ފޮތްތައް ޗެކްކުރުމުގައި ޕްރިންސިޕަލްއަށް އެހީވުން.
  • ދަރިވަރުންގެ ފެންވަރު މަތިކުރުމަށާއި ދަރިވަރުން މާއްދާތަކުން ފެއިލްވާ މިންވަރު ދަށްކުރުމަށް ތަފާތު ޕްރޮގްރާމް ރާވާ ހިންގުމުގައި ޕްރިންސިޕަލްއަށް އެހީވުން.
  • ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމެންޓް ކުލާސްތައް ރާވާ ހިންގުން.
  • ދަރިވަރުންގެ އަޚްލާޤީ ފެންވަރު ހިފެހެއްޓުމަށް ބާރުއެޅުމާއި ސްކޫލް ތެރޭގައި ދަރިވަރުންގެ އަޚްލާޤް  ހުންނަގޮތް ބެލެހެއްޓުން.
  • ކްލާސް ރޫމްތަކާއި، ލައިބްރަރީ، ލެބް އަދި ދަރިވަރުން ބޭނުން ކުރާ އެހެނިހެން ތަންތަނުގެ ސާފު ތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
  • އެސެމްބްލީގަޑި، ޕީއީ ނަގާ ސަރަހައްދު އަދި ދަރިވަރުން ހަރަކާތްތެރިވާ އެންމެހާ ތަންތަން ކިޔެވުން ކުރިއަށްދާ އިރު ސްޕަވައިޒްކުރުން.
  • ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ޓީޗަރުންނަށް ފޯރުކޮށް ދިނުމުގައި އެހީތެރިވުން.
  • ޓީޗަރުންގެ އެހީގައި ސްކީމް އޮފް ވާރކް ތައްޔާރުކުރުން.
  • ސްޕަވިޝަންގެ ޓައިމް ޓޭބަލް ތައްޔާރުކުރުމާއި ހާޒިރުނުވާ ޓީޗަރުންގެ ގަޑިތަކަށް ސަބްސްޓިޓުޝަން ގަޑިތައް ހަމަޖެއްސުން.
  • ކިޔަވާދިނުމާއި ގުޅޭ ގޮތުން ޓީޗަރުން ފުރިހަމަކުރަންޖެހޭ މަޢްލޫމާތުތައް ފުރިހަމަ ކުރޭތޯ ބެލުމާއި ޗެކްކުރުން.
  • ދަރިވަރުންގެ ދުވަހުގެ ހާޒިރީ ދުވަހުން ދުވަހަށް ޗެކްކުރުން.
  • އެކްސްޓްރާ އަދި ކޯކަރިކުލަރ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޕްރިންސިޕަލްއަށް އެހީތެރިވުން.
  • ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ހަރަކާތްތައް ހިންގުމަށް ޕްރިންސިޕަލްއަށް އެހީތެރިވުން.
  • ސްކޫލުގައި އިސްކޮށް މަސައްކަތްކުރައްވާ ފަރާތްތަކާއި ގާތްގުޅުމެއް ބޭއްވުމާއެކު، ޕްރިންސިޕަލްގެ އެހީ ހޯދުމާއި ކަންކަމުގެ ފުރިހަމަ މަޢްލޫމާތު ފޯރުކޮށް ދިނުން.
  • ތަފާތު ހަރަކާތްތަކާއި ކަންކަން ރާވާހިންގުމުގައި ސްކޫލް މެނޭޖްމަންޓަށް އެހީފޯރުކޮށް ދިނުން.
  • ސްކޫލް ކަލަންޑަރ އެކުލަވާލުމުގައި ސްކޫލް މެނޭޖްމަންޓަށް އެހީފޯރުކޮށް ދިނުން.
  • ކިޔަވާދިނުމާއި ގުޅޭ ފޮތްތަކާއި ފައިލް ބެލެހެއްޓުމުގައި ސްކޫލް މެނޭޖްމަންޓަށް އެހީފޯރުކޮށް ދިނުން.
  • ސްޕަވިޝަން ރިޕޯޓް، ތަފާސް ހިސާބު އެކުލަވާލުމުގައި ސްކޫލް މެނޭޖްމަންޓަށް އެހީފޯރުކޮށް ދިނުން.
  • ކްލާސްރޫމާއި ހޯލް ކިޔެވުމާއި އިމްތިހާންތަކާއި އެހެނިހެން ހަރަކާތްތަކަށް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  • އަޚްލާޤީ މައްސަލަތަކުގައި ހަރުދަނާ ފިޔަވަޅުއެޅުން.
  • ގަޑި ޖެހިގެން އަންނަ ކުދިންގެ ކަންތައްތައް ބެލެހެއްޓުން.
  • ސްކޫލަށް ހާޒިރުނުވާ ކުދިންނާއި ބަލިވުމުން ސްކޫލަށް ހާޒިރު ނުވެވޭ ކުދިންގެ ކަންތައްތައް ބެލެހެއްޓުން.
  • ޝޯޓް ލީވް (އެކަޑަމިކް) ފޮތް ބެލެހެއްޓުން.
  • އަޚްލާޤީ ކަންކަން ރިކޯޑްކުރުން. (ޑިސިޕްލިންގ ރިކޯޑް)
  • ކިޔެވުމާއި ކިޔަވާދިނުމަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ޓީޗަރުންގެ އެހީގައި ތައްޔާރުކުރުން.
  • އިމްތިހާންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ބެލެނިވެރިންނާއި ޓީޗަރުންގެ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  • ޙަވާލުކުރެވޭ އިތުރު ކަންތައްތައް ރާވައި ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތު އުފުލުން.
  • ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.
  • ގްރޭޑްގެ އެންމެހާ ޓީޗަރުންގެ އިތުރު ގަޑީގެ ހާޒިރީ ދުވަހުން ދުވަހަށް ޗެކްކުރުން.
  • އިތުރު ގަޑީގެ ގޮތުގައި ކޮށްފައިވާ މަސައްކަތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.
  • އަލަން ވަޒީފާ ލިބޭ ޓީޗަރުނަށް އިތުރު ގަޑީގެ މަޢްލޫމާތު ދިނުން.

 

 

 

 

ޝަރުތު:

ދާއިމީ ޓީޗަރެއްގެ މަގާމުގައިހުރި، އަދި "ސުކޫލް ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑު" ގައި ބަޔާންކުރާ ޝަރުތު ހަމަވުމާއިއެކު، ޓީޗަރެއްގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ލީޑިންގ ޓީޗަރުންގެ ޒިންމާ ހަވާލުކުރުމަށް ކުރެވޭ އިއުލާނަށް އިޖާބަދީ، އެމަގާމަށް ކުރިމަތިލުމަށް އެދި އިދާރާއަށް ހުށައަޅާ ސިޓީ.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް  

ޒިންމާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • އައު މަންހަޖަށް ތަމްރީންވެފައިވާ މިންވަރަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  • މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

 

ޒިންމާއަށް އެދެންވީގޮތާއި ސުންގަޑި:

ޒިންމާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން، މާޅެންދޫ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ލިޔުން ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

ލީޑިންގ ޓީޗަރުންގެ ޒިންމާ ހަވާލުކުރުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެމްބަރ 08 އާއި 17 އާއި ދެމެދު މާޅެންދޫ ސްކޫލްގައެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިތުރު މަޢުލޫމާތު ހޯދުން:        މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6560575 އަށެވެ. އީ-މެއިލް ކުރައްވާނީ  [email protected]  އަށެވެ.

27 ނޮވެންބަރު 2019
ހޯދާ