ދިވެހިރާއްޖެ
އިޢުލާން
ތެޔޮ ވިއްކުމުގެ މަސައްކަތަށް ބިމެއްކުއްޔަށްދޫކުރުން
މިރަށުގެ ސިނާޢީ ސަރަޙައްދު އުރީދޫ އެންޓަނާ ކައިރި (ރަށުގެދެކުނުކޮޅުން) އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 2000 އަކަފޫޓް ގެ ބިމެއް ތެޔޮ ވިއްކުމުގެމަސައްކަތްތަކަށް ކުއްޔަށް ދިނުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބިޑްގަތުމަށް އެދޭފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ކުލީބިމަށް އެދޭ ފޯރމް ވިއްކުން (ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް ) |
4 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުން ފެށިގެން12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހަށް |
ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާއިން |
މަޢުލޫމާތު ދިނުން |
16 ޑިސެމްބަރ 2019 ވާ ހޯމަ ދުވަސް |
މެންދުރު 10:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބީލަން ހުށަހެޅުން ( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން ) |
23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަސް |
މެންދުރު 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބިޑްފޯރމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.