ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކ. ވިލިމާލެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢު

ޢިޢުލާން

 

Reference Number: FAM/IUL/2019/0035

ކ. ވިލިމާލެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢު

 

އޭ.އެފް.ސީ ޕްރެސިޑެންޓްސް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ވިލިމާލޭގެ ފުޓްބޯޅަ ދަނޑުގައި ފެސިލިޓީ ބިންޑިންގ، އެކަމަޑޭޝަން ބިލްޑިންގ އަދި ފުލް ސައިޒް އާޓިފިޝަލް ދަނޑެއް އެޅުމަށް ބޭނުންވެއެވެ.

ވީމާ، މިކަންކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މިއެސޯސިއޭޝަނަށް ވަޑައިގެން ބިޑް ފޮތް (ސޮފްޓް ކޮޕީ ފޯމެޓް) ބައްލަވައިގަތުން އެދެމެވެ. ބިޑް ފޮތުގެ އަގަކީ -/5000 (ފަސްހާސް ދިވެހި ރުފިޔާ) އެވެ.

 

ބިޑްގައި ފޮތް ވިއްކަން ފަށާ ތާރީޙް

 28 ނޮވެމްބަރ 2019

13:00

ބިޑްގައި ފޮތް ވިއްކުމުގެ އެންމެ ފަހު ތާރީޙް

08 ޑިސެމްބަރ 2019

13:00

ޕްރީ ބިޑް މީޓިންގ

09 ޑިސެމްބަރ 2019

13:00

އަންދާސީ ހިސާބު ހުށަހެޅުން

15 ޑިސެމްބަރ 2019

13:00

 

މިބީލަމަށް އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި -/500،000.00  ) ފަސްލައްކަ ދިވެހި ރުފިޔާ) ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަކަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަހެވެ.

ބިޑްތައް އިވެލުއޭޓްކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ އޭ.އެފް.ސީގެ ފަރާތުންނެވެ. ބިޑް ފޮތް ބައްލަވައިނުގަންނަ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

މިބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ނަންބަރު: 3327868 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

21 ނޮވެމްބަރ 2019

21 ނޮވެންބަރު 2019
ހޯދާ