ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން.
ނިލަންދޫ "ދަރުމަވަންތަ ހިޔާ" ގެ ހުޅަނގުން ދަރުމަވަންތަ މަގަށްވާގޮތަށް، ނިލަންދޫ ބަގީޗާ މުޙައްމަދު އަޙްމަދު ވިޔަފާރި ކުރުމަށާއި ހޮޓާހިންގުމަށް ދޫކޮށްފައިވާ 1,675 (އެއްހާސް ހަސަތޭކަ ފަންސަހަތްތަރި) އަކަފޫޓުގެ ބިމުގެ މުއްދަތު ހަމަވެފައިވާތީ އެ ބިން ކުއްޔަށް ދޫކުރަން ނިންމައިފީމެވެ. އެބިން ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 10 (ދިހައެއް) އަހަރެވެ.
މި ބިންމުގެ އަގަށް ހުށަހެޅޭނެ އެންމެ ކުޑަކުއްޔަކީ އަކަފޫޓަކަށް މަހަކު 70 (ހަތްތަރި) ލާރިއެވެ.
މި ބިން ދޫކުރާނީ އެންމެ މަތިން މާކުސް ލިބޭ ފަރާތަކަށެވެ. މާކުސް ދިނުމަށް ހަމަޖެއްސިގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ.
- އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް: 45% އިންސައްތަ.
- މިބިން ތަރައްޤީ ކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓަށް: 30% އިންސައްތަ.
- މި ބިން އިތުރަށް ތަރައްޤީކުރުމަށް ކުރަން ހަމަޖައްސާ އިންވެސްޓްމަންޓަށް: 10% އިންސައްތަ.
- އިންވެސްޓްމަންޓުގެ ސަބަބުން ރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ މަންފާތަކަށް: 5% އިންސައްތަ.
- ތަޖުރިބާއަށް: 10% އިންސައްތަ.
މި ބިމާބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން 2019 ޑިސެންބަރު 05 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގައި އޮންނާނެއެވެ.
ވީމާ، މި ބިންތައް ކުއްޔަށް ނަންގަވަން ބޭނުންފުޅުވާ ބޭފުޅުން، "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2019 ޑިސެންބަރު 12 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މިއިދާރާއަށް ބީލަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.
ބިން ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް (fb id: Faafu Nilandhoo Council Idhaaraa) އެ ލިއުންތައް ނެގެން ހުންނާނެއެވެ.
29 ރަބީޢުލްއައްވަލު 1441
26 ނޮވެންބަރު 2019