ދިވެހިރާއްޖެ
`
މުރައިދޫ ސްކޫލް |
|
މުރައިދޫ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ:IUL)GS83/2019/29)
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
1 ކޮންޓެކްޓް އުސޫލުން 01 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
2 މިމަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 03 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މުރައިދޫ ސްކޫލުގައެވެ.
3 މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
4 މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަށް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބީލަށް ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
5 ބިޑް ހުޅުވުން އޮންނާނީ 10ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މުރައިދޫ ސްކޫލުގައެވެ.
6 އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.
7 މިއިއުލާނާއި ގުޅިގެން މިސްކޫލުގެ ނަންބަރު IUL)GS83/2019/25) އިއުލާން ވަނީ ބާޠިލުކުރެވިފައެވެ.
ހއ މުރައިދޫ ސްކޫލް
މުރައިދޫ، ދިވެހިރާއްޖެ
ފޯން: 6500537
އީ-މެއިލް: [email protected]
29 ރަބީއުލްއައްވަލް 1441
26 ނޮވެމްބަރ 2019