ދިވެހިރާއްޖެ
މި މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް 23 ނޮވެމްބަރ 2019ގައި މި ސްކޫލުން ކުރި ނަންބަރ:GS91/IUL/2019/22 އިޢުލާނުގެ މުއްދަތުގައި މައްސަލައެއް އުޅޭތީ އެ އިއުލާން ބާތިލްކޮށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
1 ޖެނުއަރީ 2020 ން 31 ޑިސެމްބަރ 2020 އަށް (1 އަހަރުދުވަހުގެ މުއްދަތައް) މި މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 2019 ޑިސެމްބަރ 1 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 5 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ. މައުލޫމާތު ސާފްކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.
ވީމާ، ސެކިޔުރިޓީ ބަލަހައްޓަވައިދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.
29 ރަބިއުލްއައްވަލް 1441
26 ނޮވެމްބަރ 2019