ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަންބޭނުންވެއްޖެ

   މި ސްކޫލުން ގެއެއް ކުއްޔަށް ހިފުމަށް 23 ނޮވެމްބަރ 2019ގައި މި ސްކޫލުން ކުރި ނަންބަރ:GS91/IUL/2019/21  އިޢުލާނުގެ މުއްދަތުގައި މައްސަލައެއް އުޅޭތީ އެ އިއުލާން ބާތިލްކޮށް މި ސްކޫލަށް ގެއްކުއްޔައް ހިފުމަށް އަލުން އިއުލާން ކުރަމެވެ. ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތުދިނުން އޮންނާނީ 2019 ޑިސެމްބަރ 01  ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި ސްކޫލް އޮފީހުގައެވެ.

ވީމާ ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ނޭކުރެންދޫ ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.

ވީމާ، މި ސްކޫލަށް ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.

 

29 ރަބިއުލްއައްވަލް  1441

26   ނޮވެމްބަރ  2019

26 ނޮވެންބަރު 2019
ހޯދާ